އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފިއެވެ.
މި ބްރޭންޑް އެސްޓީއޯއިން ތަޢާރަފްކޮށްފައި ވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެސްޓީއޯ އިން ބުނީ އެސްޓީއޯއިން މި ބްރޭންޑް ތަޢާރަފްކުރުމާއި އެކު ’އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފަރ‘ ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
“މި އޮފަރ ގެ ދަށުން ވިއްކާ އެލްޖީ ޓީވީތަކުން 10% އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ“ އެސްޓީއޯ އިން ބުނެފައި ވެއެވެ.
އެސްޓީއޯ އިން ބުނީ މި އޮފަރގެ ދަށުން ޓީވީ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 9 އޮކްޓޯބަރ 2025 ކަމަށެވެ.
އެލްޖީ ބްރޭންޑުގެ ޓީވީ ތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެއްގެ ޓީވީތަކެކެވެ.




