ޅ. ނައިފަރުން 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ނައިފަރުގެ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.
މި އެއްބަސްވުމުގައި ކޮންްސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
މި މަސައްކަތުގެދަށުން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ 44.8 ހެކްޓަރުގެ ބިން ރަށަށް އިތުރު ކުރުމަށެވެ.
އަދި ހިއްކި ބިން ޙިމާޔަތްކުރުމަށް 1813 މީޓަރުގެ ބޮޑު ހިލައިގެން ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެން ބޭރު ތޮށި އަދި 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ 1 އަހަރާ 9 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
ނައިފަރުން 49 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 679 މިލިއަން ރުފިޔާއަށެވެ.
ނައިފަރަކީ މި ސަރުކާރުން ރާއްޖޭގައި 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ރަށްތަކުގެތެރެއިން 1 ރަށެވެ.
އަދި މިއީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ.




