ޅ. ހިންނަވަރު ފުޓްސަލް ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ ހިއްސާ ކޮށްފިއެވެ.
މި މަޝްރޫއުއަކީ އެ ކޯޕަރޭޝަނުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އާރްޑީސީން މިއަދު ”އެކްސް“ ގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، ބައުންޑަރީ ވޯލްގެ މަސައްކަތް ކުރުމަށް ކޮނުމުގެ މަސައްކަތް އަދި ފައުންޑޭޝަންގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ހިންނަވަރު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތުގެ އިތުރުން އާރްޑީސީން ވަނީ އެރަށުގެ އައުޓްޑޯ ޖިމްގެ މަސައްކަތް މިދިޔަ ޖޫން މަހު ނިންމާލާފައެވެ. މާރިޗް މަހުގެ 29 ވަނަ ދުވަހު ސޮއިކުރި އެ މަޝްރޫއުގެ އަގަކީ 291،600 ރުފިޔާއެވެ.



