މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމުގެ ބާޒާރަށް ގެސްޓް ހައުސްތަކުން 170އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއާއެެކު މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުވަނީ 64،700 އަށް އަރާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިއަހަރުގެ މިހާތަނަށް 925 ގެސްޓް ހައުސްއަކުން 15،798 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.
މިއާއެކު، މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 64،758 އެނދު ފަތުރުވެރިކަމަށް ނެރެފައިވާއިރު، މިއީ މިއަހަރު ފެށުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ 63،248 އެނދާއި އަޅާ ބަލާއިރު 1،510 އެނދުގެ އިތުރުވުމެކެވެ.




