މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގައި 3،000 މެންބަރުން ހަމަނުވާތީ، އެ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި އިއްޔެ ހުކުމްކޮށްފިއެވެ.
ލޭބަރ ޕާޓީ އުފެއްދީ 2018 ވަނަ އަހަރުއެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އެއިރު ހުންނެވީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނެވެ. އެ ޕާޓީ އެއިރު އުފެއްދީ 3،000 މެންބަރުން ހަމަވެގެންނެވެ.
އެމްއެސްއެލްޑީޕީ އުވާލީ ގާނޫނީ އިމުގެ ބޭރުން ކަމަށް ސިވިލް ކޯޓުން ނިންމީ، އެ ޕާޓީން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ މައްސަލައިގައެވެ.
އެމްއެލްއެސްޑީޕީގައި 3،000 މެންބަރުން ހަމަނުވާތީ އެ ޕާޓީ އުވާލަން އީސީން ނިންމީ 2022 ވަނަ އަހަރުގެ މެދުތެރޭގައެވެ.



