ގާލްގައިޑް އެސޯސިއޭޝަނުން ”ގައިޑިން ޖެނެރޭޝަންސް“ ޕްރޮޖެކްޓް އިފްތިތާޙްކޮށްފިއެވެ.
ގާލްގައިޑް އެސޯސިއޭޝަނުން ބުނީ މިއީ އެއްއަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ މިއީ ދުޅަހެޔޮ، ބަދަހި، އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޑަލްޓް ލީޑަރުންނަށާއި، ގައިޑާސް އަދި ޔަންގް ލީޑާސްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ޕްރޮޖެކްޓް ރާއްޖޭގެ 10 ސަރަޙައްދެއްގައި ކުރިއަށްގެންދާނެއެވެ.
މިގޮތުން މި ހަރަކާތް ކުރިއަށްގެންދާނީ މި އަހަރުގެ އޮކްޓޯބަރު 1 އިން ފެށިގެން އަންނަ އަހަރުގެ އޮކްޓޯބަރު 1ގެ ނިޔަލަށެވެ.
ގައިޑިން ޖެނެރޭޝަން ޕްރޮޖެކްޓްގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ގޮތްތަކާއި، އޮންލައިން ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދޭނެއެވެ.
މީގެ އިތުރުން ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެ ހުނަރުތައް ހިމެނޭ މަންހަޖެއް ފަރުމާކުރާނެއެވެ.



