ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފައްދާ ކެޕޭސިޓީ ދުވާލަކު 750 ޓަނަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން އިއްޔެ ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މާލެ އޮޕަރޭޝަންސް ސެންޓަރުގެ ކެޕޭސިޓީއަށް ދުވާލަކު 750 ޓަނުގެ ފެން މިހާރު އިތުރު ކުރެވިފައިވާނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި މުޅި މި މަޝްރޫއު ޑިޒައިން ކުރުމާއި އިންސްޓޯލްކުރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ މުވައްޒަފުންނެވެ.
މިއީ އެ ކުންފުނީގެ ހީވާގި އިންޖިނިއަރިންގުންގެ ޓީމް މަސައްކަތެއްކަން ވެސް އެމްޑަބްލިޔުއެސްސީން ފާހަގަ ކޮށްފައިވެއެވެ.




