ފެނަކަ ކޯޕަރޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ.
ފެނަކަ އިން މިއަދު ވަނީ ”އެކްސް“ މެދުވެރިކޮށް އެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާ ކޮށްފައެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި ފެނަކައިން ވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ޕްރިޒަން ކްލަބާ ވާދަކޮށް، ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އެ މެޗު ކާމިޔާބު ކޮށްފައެވެ.
މީގެއިތުރުން ތ. ކިނބިދޫގައި ފެނަކައިން ގާއިމްކުރާ ފިޓްނެސް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅާފައެވެ.
ފެނަކަގެ ”މަގޭ ސޯލާ ޕްރޮގްރާމް“ ގެ ދަށުން އެ ކުންފުނިން ވަނީ ހއ. ދިއްދޫގައި ސޯލާ ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައެވެ.
އަދި ހަމަ އެ ޕްރޮގްރާމްގެ ދަށުން ފެނަކައިން ވަނީ ލ. ދަނބިދޫގައި ވެސް ސޯލާ ޕެނަލް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ރ. މާކުރަތުގައި އޭޓީއެމް މީޓަރު ހަރުކޮށް، މިހާރު ވަނީ ކަނެކްޝަން ވެސް ދީފައެވެ.
ނ. ވެލިދޫގައި ފެނަކައިން ވަނީ އެމްވީ ނެޓްވޯކުގެ ޓްރާންސްފޯމަރު ހަޓުގެ މަސައްކަތް ވެސް ކޮށްފައެެވެ.



