ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ހިންގި މާރާާމާރީއާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ ބުނީ މިއަދު ހަވީރު 05:07 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެޗް7 ކައިރީގައި ބަޔަކު މާރާމާރީ ހިންގާ މަންޒަރު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެއީ 19 އަހަރުގެ އަންހެނަކާއި 18 އަހަރުގެ އަންހެނެއްގެ އިތުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ ހަތަރު މީހުންނަކީވެސް ދިވެހިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި މައްސަަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



