ފުލުހުންގެ މާލެ އޭރިއާގެ ކޮމާންޑަރަކަށް އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް އައްޔަނުކޮށްފިއެވެ.
ފުލުހުންގެ މާލެ އޭރިއާގެ ކޮމާންޑަރަކަށް ކުރިން ހުންނެވީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.
ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަގާމުގައި ހުންނެވި ޝަރީފް ހެޑް އޮފް މާލެ ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ އިއްޔެއެވެ.
ފުލުހުން ދަނީ އެ މުއައްސަސާގެ ބަހާތަކުގެ ހިންގުމަށް އަބަދުވެސް ބަދަލު ގެންނަމުންނެވެ.



