ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ބާއްވާ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025“ މިއަދު ފަށައިފިިއެވެ.
މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބާއްވާ މިފަދަ ފުރަތަމަ ސަމިޓެވެ.
ތިން ދުވަހުގެ މުއްދަަށް ކުރިއަށްގެންދާ ”މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް ކުރިއަށްދަނީ ކްރޮސްރޯޑްސް ގައެވެ.
އަންހެން ފުލުހުން ކުރިއެރުވުމަށް ވިމަން އިން ޕޮލިސިން ކޮމިޓީ އިފްތިތާހުކޮށްފަވަނީ 2021ވަނަ އަަހރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދަވާފައިވާ ކޮމިޓީއެވެ.
”ވިމެން އިން ޕޮލިސިން ސަމިޓް 2025“ ސަމިޓް ފަށްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.
އަދި މި ރަސްމިއްޔާތުގައި ދާޚިލި ސަލާމަތަ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި 5 ޤައުމަކުން ބައިވެރިވެއެވެ.




