މާލޭގައި ހުރި އަނބު ގަހަކުން ވަގަށް ހަތަރު އަނބު ބިނދެގެން ދެ މީހަކު 7 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވަނީ އިއްޔެ މި މައްސަލަ ބަލައި، އެމީހުންގެ ބަންދަށް 7 ދުވަސް ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ގދ. ރަތަފަންދޫ، ނީލްވިލާ / މުހައްމަދު ސުހައިލް (33އ.) އާއި ހދ. ކުޅުދުއްފުށި، ކަސްތޫރިގެ / އަހްމަދު އަލީ (37އ.) އެވެ.
އެމީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ އެ ދެމީހުންނަކީވެސް ކުށުގެ ރިކޯޑް އޮންނަ ދެމީހުން ކަމަށެވެ.
އެ އަނބު ގަހަކީ މަގުމައްޗަށް ވާ ގޮތަށް ހުރި ގަހެއް ކަމަށް ވާތީ، އެ ގަހުން އަނބު ބިނުމަކީ މަނާކަމެއް ކަން ނޭނގޭ ކަމަށާއި އަނބު ބިނީ ގަހަށް އަރައިގެން ނާރާ، ބިންމަތީގައި ހުރެގެން އަތްލެވޭ ވަރަށް ހުރުމުން ކަމަށް ކޯޓުގައި އެމީހުން ބުނެފައިވެއެވެ.
އެމީހުން ބުނެފައިވަނީ، ގަހުން ބިނީވެސް އެންމެ 4 އަނބު ކަމަށެވެ.
ނަމަވެސް ފުލުހުންގެ ހާދިސާ ރިޕޯޓުން ބުނެފައިވަނީ، އަހްމަދު އަލީ އޮތީ އަނބު ގަހުގައި ކަމާއި ތިރީގައި އަނބު ހޮވަން ހުރީ މުހައްމަދު ސުހައިލް ކަމަށެވެ.
އެ ދެމީހުން ވަގަށް އަނބު ބިނީ މާލޭގެ ކޮންތާކުން ކަމެއް ބަންދުގެ އަމުރުން އެނގޭކަށް ނެތެވެ.



