ރަސްމާލެ ޑިޒައިންކޮށް، ޑީޓެއިލް މާސްޓަރ ޕްލޭނެއް އެކުލަވާލަން ކޮންސަލްޓެންޓެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަހައްދުގެ އިކޮލޮޖިކަލް ސަސްޓެއިނަބިލިޓީ އާއި އިގްތިސާދީ މުހިއްމުކަމާއި ސޯޝަލް އިންކްލޫސިވިޓީއަށް އިސްކަން ދޭންޖެހޭނެއެވެ. އަދި ތިމާވެއްޓާ ރައްޓެހި މޮޑެލެއްގެ ދަށުން ތަރައްގީގެ ޕްލޭން ރޭވުމަށް ހާއްސަކަމެއް ދިނުމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންސްޓްރެސްޓް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ޓަރމްސް އޮފް ރެފަރެންސް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
އެ މަސައްކަތަށް ކޮންސަލްޓެންޓެއް ހޮވާނީ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިއުލާނުގައިވެ އެވެ.




