ޖަޕާނުން ރާއްޖެއަށް ދޭ މާސްޓާސް ޑިގްރީގެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ފަރާތުން ރާއްޖެ އަށް ދޭ މާސްޓާސް ޑިގްރީގެ ހަ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ސްކޮލަޝިޕްތައް ހާއްސަކޮށްފައި ވަނީ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓްގެ ދާއިރާއިންނެެވެ.
އެގޮތުން އެ ސްކޮލަޝިޕްތަކަށް ކުރިމަތިލެވޭނީ އުމުރުން 22-39 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެ ސްކޮލަޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން ސްކޮލަޝިޕްތަކަށް ހޮވޭ ކެންޑިޑޭޓުންގެ ކޯހުގެ ހުރިހާ ޚަރަދެއް ދޭނީ ވެސް ޖޭޑީއެސް އިން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ އެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ކަމަށެވެ.



