ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާޓް އެގްޒިބިޝަން މި މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި އާޓް އެގްޒިބިޝަންގެ ނަމަކީ ”ލެބިރިންތް“އެވެ.
ޔޫތު މިނިސްޓްރީން ބުނީ މި އެގްޒިބިޝަން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 10 އިން 15 އަށް ނެޝަނަލް އާޓް ގެލެރީގައި ކަމަށެވެ.
މި އެގްޒިބިޝަންގައި ފަންނުވެރިންގެ މަސައްކަތްތައް ވިއްކައިގެން އާމްދަނީ އެ ފަރާތްތަކަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.
”ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އާޓް އެގްޒިބިޝަނެއް ހުޅުވާލުމުގެ މައިގަނޑު މަގްސަދަކީ، ފަންނުވެރިކަމުގެ ތެރެއިން ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ގެނެސްދިނުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިދިޔަ އަހަރުވެސް ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ވަނީ ”ޝޭޑްސް އޮފް މައިންޑް“ގެ ނަމުގައި އާޓް އެގްޒިބިޝަނެއް ބާއްވާފައެވެ.
ޖުމްލަ 51 ޒުވާނުން މި އާޓް އެގްޒެބިޝަންގައި ބައިވެރިވިއިރު މި އެގްޒިބިޝަން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ކެޓްލޮގް ވަނީ ހަވާލުކޮށްފައެވެ.



