ހަތަރު ރަށެއްގެ ކުޅިވަރު މަޝްރޫޢޫތައް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތައް އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތުގައި އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.
އާރްޑީސީން މިއަދު ބުނީ އެ ކުންފުނިން ސޮއި ކޮށްފައި ވަނީ އދ. މަހިބަދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމްއާއި ރޮސްޓަރަމް ޤާއިމުކުރުމާއި، އއ. ތޮއްޑޫ އާއި އއ. ހިމަންދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ކަމަށެވެ.
މީގެ އިތުރުން ގއ. ކޮނޑޭ އައުޓްޑޯ ވޮލީކޯޓު ޤާއިމުކުރުމުގެ އެއްބަސްވުމުގައިވެސް ސްޕޯޓްސް މިނިސްޓްރީއާ އެކު އެ ކޯޕަރޭޝަނުން މިއަދު ސޮއި ކޮށްފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.



