އދ. އޮމަދޫގެ އިހުތިސޯސްގައި 3 ފަޅެއް މިއަދު ހިމަނައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައި އދ. އަތޮޅުގައި އޮންނަ ކުޑަދޫފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު އާރްއެފް1329 އާއި ފަޅާއި އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރާއި އާރްއެފް 1330 ފަޅަކީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ގެ ބައެއް ކަމުގައި ރައީސް ކަނޑައެޅުއްވީ މިއަދު އެވެ.
މިއާއެކު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، 2025 ފެބުރުވަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.
އދ. އޮމަދޫގެ އިހުތިސޯސްގައި ތިން ފަޅެއް ހިމަނައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ލިސްޓަށް މިއަދު ބަދަލު ގެނައި އިރު، ރައީސް މިއަދު ވަނީ އދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުފުޅެއް ފައްޓަވައިފަ އެވެ.



