އދ. ފެންފުށީގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒާއި ސިއްހީ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ ދެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް ވަޑައިގެން ބޭއްވި ހާއްސަ ދެ ރަސްމިއްޔާތެއްގައެވެ.
ފެންފުށީ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު، އަލީ އިހުސާނެވެ.
އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ޤާސިމް އިބްރާހިމް، މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ފެންފުށި ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ޝަކޫރު ވެސް ބައިވެރިވެވަޑައިގަތެވެ.




