އެމްޓީސީސީއާ ހަވާލުކޮށްގެން އދ. ފެންފުށީގައި ތަރައްޤީކުރާ ދުވާ ޓްރެކުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އދ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެންފުއްޓަށް މިއަދު ވަޑައިގަތުމުން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަށުގައި ދުވާ ޓްރެކެއް އަޅަން ހަމަޖެހިފައި ވަނީ ފުޓްބޯޅަ ދަނޑުގެ ވަށައިގެންނެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢުއާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީ އާއި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ.


