އދ.ހަންޏާމީދުގެ ކައުންސިލް އިދާރާގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
އެ އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔަތުގައި ވަޒީރުންނާއި، އެ ދާއިރާގެ މެންބަރާއި، އެރަށު ކައުންސިލް މެންބަރުންގެ އިތުރުން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އިދާރާގެ އައު އޮފީސް އިމާރާތް ބައްލަވާލައްވާފައެވެ.
އެ އިދާރާ ހުޅުވުމަށް އެ ރަށުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ.
ސިޓީސް މިނިސްޓްރީން ބުނިގޮތުގައި 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއިރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހަމަޖެހިގެންދާނެއެވެ.



