މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫޢެއް ނިމި އަންނަ ރަމަޟާން މަހުގައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
މީގެ ތެރެއިން ބައެެއް ތަންތަން މިހާރު ހުރީ ނިމި، ރަސްމީކޮށް ހުޅުވަންވެފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސްކިތްތަކުގެ މަޝްރޫޢުތައް ކުރިއަށްދާއިރު، އޭގެތެރޭގައި ކުރިން ފަށާފައި ހުއްޓިފައިވާ މަޝްރޫޢުތަކާއި ލަހުން ކުރިއަށްދިޔަ މަޝްރޫޢުތައް ވެސް ހިމެނެއެވެ. މި ސަރުކާރުން ވަނީ އެ މަޝްރޫޢުތަކުގެ މަސައްކަތް ވެސް އަލުން ފަށައި، ނިމުމުން ހަލުވި ކޮށްފައެވެ.



