މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަށް ހިމެނޭ ގޮތަށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 11:00 އާއި މެންދުރުފަހު 15:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވުމާ ގުޅިގެން މިއަދު ހެނދުނު އުތުރުގެ ރަށްތަކަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ.



