އެންޓި ކޮރަޕްޝަން ކޯޕަރޭޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ހެނދުނު އެ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.
ފައްޔާޒު އޭސީސީއަށް ހާޒިރުކުރީ، ސްވިފްޓް އިންޖިނިއަރިންއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް އެ ކުންފުންޏަށް ދިންކަމަށް ތުހުމަތުކުރާ މައްސަލައެއްގައެވެ.
އެގޮތުން އޭނާއާމެދު އެ ކޮމިޝަނުން ތުހުމަތު ކޮށްފައިވަނީ މިދިޔަ ސަރުކާރުގެ ތެރޭ 2019ގައި އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒު ބައިވެރިވެފައިވާތީ، އޭނާ ބައިވެރިވެވަފައިވަނީ އެ ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިންއަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގައި ބައިވެރިވުމުން ކަމަށެވެ.
މިއަދު ހެނދުނު 9:30ގައި ފައްޔާޒު އޭސީސީއަށް ހާޒިރުވުމަށް ފަހު ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުން އެ ތަނުން ނުކުމެވަޑައިގެން، ފައްޔާޒު ވިދާޅުވީ އޭސީސީން ކުރަމުންދާ ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ނެތް ކަމަށެވެ.
ތަހުގީގު ކުރަމުންދާއިރު ތަހުގީގާ ބެހޭ އެއްވެސް ތަފްސީލެއް އެ ބޭފުޅުންގެ ނެތް. ޑޮކިއުމަންޓްތަކެއް ނެތް. ކުރަނީ ކޮން ތަހުގީގެއް ކަމެއް ވެސް ސާފެއް ނުވޭ،“ އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އޭސީސީގެ މެންބަރުން ތިއްބެވީ ވެސް، މި ވަރުގެ މައްސަލަ ބަލަން ޖެހުނީތީ ލަދުންނެވެ.



