ނޭޝަނަލް އިންޓަގްރެޓީ ކޮމިޝަން (އެންއައިސީ) އަށް 4 ބޭފުޅަކު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެންއައިސީއަށް ހަތަރު މެމްބަރަކު އަައްޔަންކުރަން ނިންމީ މިހާރު އެ ކޮމިޝަންގައި ތިއްބެވި 4 މެމްބަރެއްގެ މެމްބަރުކަމުގެ ދައުރު ހަމަވާތީއެވެ.
އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްނަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އަލްއުސްތާޛް ޝުޢައިބް ޢަބްދުއްރަޙްމާން އާއި އަލްއުސްތާޛް ޝިފާޒް އަލީ އާއި އަލީ މުޙައްމަދު މަނިކު އަދި ފާތިމަތު ޝަރީފްގެ ނަމެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ ހަތަރު ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު ކޮންމެ ބޭފުޅަކަށް ވަކިން މާކްސް ދެއްވާފައެވެ. މިގޮތުން އެ ހަތަރު ބޭފުޅުންނަށްވެސް ވަނީ %75 އަށްވުރެ މަތިން މާކްސް ދެއްވާފައެވެ.
އެހެންކަމުން އެ ބޭފުޅުން އެންއައިސީއަށް އައްޔަން ކުރަން ފެންނަ ކަމަށް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން އެ ހަތަރު ބޭފުޅުންނަށްވެސް ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ.




