ށ. ކަނޑިތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައު ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.
ބީއެމްއެލްގެ އައު ބްރާންޗެއްގެ ބިންގާ އަޅާފައިމިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިއަދު ފެށި ދަތުރުފުޅުގެ ތެރެއިން ކަނޑިތީމަށް ވަޑައިގެންނެވެ.
ބިންގާ އެޅުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ދައުލަތުގެ ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބްގެ އިތުރުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ޝަރީފު އާއި ބީއެމްއެލްގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ށ. ފުނަދޫގައި ބީއެމްއެލް އިން ގާއިމުކޮށްފައިވާ ބްރާންޗުގެ އިތުރުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ބޭންކުން ވަނީ އޭޓީއެމް ހިދުމަތް ވެސް ގާއިމްކޮށްފައެވެ.




