ށ. ފީވަކުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ފީވަކުގައި އިމާރަތްކުރާ ފުލުހުންގެ މަރުކަޒު ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފީވަކަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ފީވަކުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު އަދި ފީވަކު ކައުންސިލް ރައީސް އަލީ ރަޝީދު ހަސަން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.




