އުމްރާނީ މަސައްކަތްތައް ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން ދައްކާ ގޮތުގައި މި މަހުގެ ހަވަނަ ދުވަހު އުފެއްދި އެ ކުންފުންޏަށް ކިޔަނީ ޕެނިންސޫލާ އިންފްރާސްޓްރަކްޗާ އެވެ.
ބިން ހިއްކުމާއި އިމާރާތްކުރުމުގެ މަޝްރޫއުތައް ހިންގުމުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރާނެއެވެ.
އެ ކުންފުނީގެ ޑިރެކްޓަރުން:
1- އިބްރާހިމް ޝަރީފު މުހައްމަދު (އެމްއޭސީއެލްގެ އެމްޑީ)
2- މުހައްމަދު މިހާދު (އެމްއޭސީއެލް ބޯޑު މެމްބަރު)
3- އަހުމަދު އަސްއަދު ހާޝިމް
4- ހުސައިން ރިޔާޒު
5- އަހުމަދު ސާނިއު
އެ ކުންފުނިން މިހާރު ވަނީ ބިން ހިއްކުމުގެ ބައެއް މަޝްރޫއުތަކުގެ މަސައްކަތްވެސް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ.



