ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ށ. ނަރުދޫގަައި އިމާރާތްކުރާ ކުނި މެނޭޖުކުރާ މަރުކަޒުގެ އަމަލީ މަރުކަޒު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިހާރު ފަށާފައިވާ ދަތުރުފުޅުގެ ތެރެއިން ނަރުދޫއަށް މިއަދު ވަޑައިގެންނެވެ.
ނަރުދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމްކުރުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާފައިވަނީ އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ތޯރިގު އިބްރާހިމް އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރެއިން ހިމެނިގެންވާ ސިޔާސަތެކެވެ.




