ށ. ނަރުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރުކުރައްވަމުން އަންނަ ދަތުރުފުޅުގައި އެ އަތޮޅު ނަރުދޫއަށް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން އެ މަސައްކަތް އާރްޑީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި އެ ކޯޕަރޭޝަނާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު އަޙްމަދު ޤާސިމް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.



