ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި އާންމު ރައްޔިތުންނަށް ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އިތުރު ކުރެވިގެންދިޔަ 23 ބާވަތް، އެސްޓީއޯއިން މިއަދުން ފެށިގެން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތްތައް:
– ދޮންކެޔޮ
– އާފަލު
– އޮރެންޖު
– ލުނބޯ
– ޖުމްހޫރީމޭވާ
– އަނބު
– ފަޅޯ
– ކަރާ
– މިރުސް
– މޭބިސްކަދުރު
– ފިޔާ
– އިނގުރު
– ކެރެޓް
– ބަށި
– ކައްޓަލަ
– އަލުވި
– ކެބެޖް
– ބަރަބޯ
– ބޯވެލި
– ލޮނުމެދު

އެހެނިހެން 3 ބާވަތް:
– ރީނދޫ މުގު
– ކުކުޅުބިސް
– ކާށި
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮއްފައެވެ. އަދި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ ”އަގުމަގު“ ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.

ބާޒާރުގައި މި ކާބޯތަކެއްޗަށް އޮންނަ ޑިމާނަޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.
އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ.



