ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ފުޅާކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫއާ މަޝްވަރާކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ މިނިސްޓަރު ސައީދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މިނިސްޓަރު ސައީދުގެ ޕޯސްޓުގައި ވިދާޅުވީ އުރީދޫ ގްރޫޕްގެ ސީއީއޯ އަޒީޒް އަލް އުސްމާން ފަޚްރޫ އާއި ސީނިއަރ މެނޭޖްމަންޓް ޓީމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލު ކުރެއްވުމުގައި ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



