ށ.މަރޮށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަރޮށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު އެ ރަށައް ވަޑައިގަތުމުން ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މަރޮށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އެވެ.
އަރިހުގައި ކޮމަންޑޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މަރޮށި ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.




