ށ. މަރޮށީ ކައުންސިލު އިދާރާގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މަރޮށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި މަރޮށީ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރެވެ.
މިއީ ޗައިނާގެ ހިލޭ އެހީގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ ’ޓާން ކީ ޕްރޮޖެކްޓް‘ އެއްގެ ގޮތުގައެވެ. އެހެންކަމުން އެ މަސައްކަތުގެ ދަށުން ވަށާފާރު ރާނައި، އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދައި، އެއާކޮންޑިޝަން ވެސް ކުރާނެ އެވެ.
ކައުންސިލް ޢިމާރާތްތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މިގޮތުން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 55 ކައުންސިލްގެ އިމާރާތުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އާރުސީސީއާއެވެ.




