މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންނަ ހޮނިހިރު ދުވަހު ޑްރިލްއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ސެކިއުރިޓީ ޑިޕާޓްމަންޓް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ސެޓްފިކެޓް 1 އިން ޕޯޓް ސެކިއުރިޓީ ޓްރެއިނިންގްގެ ފައިނަލް އެސެސްމެންޓްގެ ގޮތުގައި އައިއެސްޕީއެސް ޑްރިލްއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޑްރިލް އޮންނާނީ 18 އޮކްޓޯބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށެވެ.
މި ޑްރިލް ކުރިއަށް ގެންދަނީ ކޯސްޓްގާޑް ޓްރެއިނިންގް ސްކޫލްގެ ފަރާތުން މާލެ ކޮމާޝަލް ހާވަރުގައެވެ. އަދި މި ޑްރިލްގައި ފުރިހަމަ އިވޭކުއޭޝަނެއް ކުރިއަށްދާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.




