މެޖިސްޓްރޭޓް ކޯޓުތަކުގެ ރަސްމީ މުޢާމަލާތްތަކުގައި ބޭނުންކުރުމަށް ވަކި ނަންބަރުތަކެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.
ދިވެހިރާއްޖޭގެ އެންމެހައި މެޖިސްޓްރޭޓް ކޯޓުތަކަށް ކަނޑައަޅުއްވާފައިވާ ނަންބަރުތައް ބަޔާންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު: 2025/17 ދެންނެވުމުގައެވެ.
މިއާއެކު، މެޖިސްޓްރޭޓް ކޯޓުތަކަށް ލިޔުއްވާ ސިޓީގައި އެ ނަންބަރުތައް ބޭނުންކުރެއްވުމަށް ރައީސް އޮފީހުން ދައުލަތުގެ އިދާރާތަކަށް ވަނީ އަންގަވާފައެވެ.
މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުއްވާ ސިޓީގައި ޖަހަންވީ ނަންބަރުތައް ބަޔާންކޮށްފައިވާ ދެންނެވުން: https://presidency.gov.mv/Press/Article/35373




