މާލެއިން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ދިޔަވެ، ކަނޑުމަތީގައި މިއަދު އިތުރު ހާދިސާއެއް ވެސް ހިނގައިފިއެވެ.
ޅ. ނައިފަރަށް ދަތުރުކުރި ”ނަސްރު“ ނަމަކަށް ކިޔައި އެ ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށާއި އެމީހުން ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ، މުދާ ފުލާ އެބޯޓު ދިޔަވާތީ އެމްއެންޑީއެފް ނޮދަން އޭރީއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން ނަސްރު ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިއަކު ސަލާމަތްކޮށް ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.



