މާލެއިން މުދާ ބަރުކޮށްގެން ޅ. ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް މިއަދު އަޑިޔަށް ދިޔަ ބޯޓުން ތަކެތި އޮޔާދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އެދިއްޖެއެވެ.
ނައިފަރަށް ދަތުރުކުރަމުންދަނިކޮށް އަޑިއަށް ދިޔައީ ނަސްރު ބޯޓެވެ.
އެމްއެންޑީއެފުން ވަނީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ބޯޓު ދިޔަވެ އަޑިއަށްގޮސް އުޅަނދުގެ ބައެއްތަކެތި އޮޔާދާތީވެ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފައެވެ.
“މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ވާގޮތަށް“ އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.




