ތިން ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީން މިއަދު ބުނީ ލ. މައިބާދޫ، ކ. ގުރައިދޫ، އަދި ޅ. ކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ފެނަކައާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ނިޙާދު އާއި އިބްރާހިމް ރަމީޒް އެވެ.
އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް އެވެ.
ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.
މިގޮތުން 2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ސްޕޯޓްސް މިނިސްޓްރީން މިހާތަނަށް ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނޭހެން އަމިއްލަ ގިނަ ކުންފުނިތަކަކާއި ހަވާލުކޮށްފައެވެ.



