ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަޤާމުގައި ހުންނެވި އިބްރާހިމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހާޒިރުކޮށްފިއެވެ.
ނަމަވެސް އޭޖީ ރިފްއަތު އޭސީސީއަށް ހާޒިރުކުރީ ސީދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައެއް ނުވެއެވެ.
އެމްޑީޕީ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އެ ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ.
އޭގެ ތެރޭގައި ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އޭރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނެއެވެ.


