ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް)ގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެ އެސޯސިއޭޝަނުން ވަނީ 12 މަޤާމަށް ކުރިމަތިލާން ހުޅުވާލާފައެވެ.
އެ މަގާމުތަކުގެ ތެރޭގައި އެކްސްކުލޫސިވް ނުވަ ބޯޑު މެންބަރުންނާއި މެނޭޖުމަންޓުގެ ތިން މަގާމު ހިމެނެއެވެ.
އެ މަގާމުތަކަށް މީހުން ހޮވުން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ބޯޓިން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.
އެ މަޤާމުތަކަށް ޝައުގުވެރިވާ މެންބަރުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އެންބީއޭއެމްއިން ވަނީ އެ ފޯމާއި އިތުރު ލިޔުންތައް މެއިލް މެދުވެރިކޮށް ހުށަހަޅަން އެދިފައެވެ.
މީގެ އިތުރުން މިކަމާ ގުޅޭ އިތުރު މައުލޫމާތު 7970033އަށް ގުޅައިގެން ލިބޭނެކަން އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.




