ހުޅުމާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓެއްގައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައަދުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 08:49 ހާއިރެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އަލިފާނުގެ މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް މި ހާދިސާ ހިނގި އެޕާޓްމަންޓުގެ އެއް ކޮޓަރިވަނީ ރޯވި އަލިފާންގަނޑުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައެވެ.



