ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ސަރުކާރުން މުޅި ޑޮނެސްކް ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ދޫކޮށްލުމަށް ޕޫޓިން ގޮވާލައްވައިފި އެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ ސަރުކާރަށް ޑޮނެސްކްގެ ފުރިހަމަ ކޮންޓްރޯލް ހަވާލުކުރުމަށް އެދިވަޑައިގެންފައެވެ.
ވޮޝިންޓަން ޕޯސްޓްގެ ރިޕޯޓުގައި ބުނެފައި ވަނީ، ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދު ހިފުމަށް ޕުޓިން ޑިމާންޑް ކުރެއްވުމުން ދޭހަވަނީ، ރަޝިޔާގެ ޑިމާންޑްތަކުގައި ދެމިތިބޭ މިންވަރު ހާމަވާ ކަމަށެވެ.
ރަޝިޔާގެ ރައީސް މިފަދަ ޑިމާންޑެއްް ކުރައްވާފައިވާކަމަށް ރިޕޯޓުތައް ބުނާއިރު އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ވައިޓް ހައުސްގައި ހުކުރު ދުވަހު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ.
2014 ވަނަ އަހަރުން ފެށިގެން ރަޝިޔާ އާއި އެ ޖަމާއަތުގެ ބައިވެރިން ޑޮނެސްކް ސަރަހައްދުގެ ބައެއް ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، ބާރުގެ ބޭނުން ކޮށްގެން މުޅި ސަރަހައްދު ހިފުމަށް އެ ޖަމާއަތަށް ކާމިޔާބު ވެފައެއް ނުވެ އެވެ.



