މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ އަދާހަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރްޑީސީން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، އެ ރަށު އަމީނީ މަގުގައި ސައިޑް ވޯކް ޕޭވިންގްގެ މަސައްކަތް އަދި ކާރބް ލައިން ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މުލަކުގެ ފިޓްނަސް ސެންޓަރާއި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް އޮތް 4 މަސް ތެރޭ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު އެރަށަށް ވަޑައިގެން ވިދާޅުވެފައެވެ.
ރައީސް ވިދާޅުވި ގޮތުގައި މުލަކުގެ މަގުތަކުގެ މަސައްކަތް މިހާރު ވަނީ ތާރު އެޅުމުގެ މަރުހަލާއާ ހަމައަށް ގޮސްފައެވެ. އަދި އާރްޑީސީން މި މަސައްކަތް ނިންމުމަށް ތައްޔާރުވަމުންދާ ކަމަށާއި، އެ ދުވަހުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.




