މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަނު ކުރާ މެންބަރުކަމަށް ކުރިމަތިލި 10 މީހުންގެ ތެރެއިން 2 މީހަކު ނަން އަނބުރާ ގެންގޮސްފިއެވެ.
މިކަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހާމަކުރީ މެންބަރުކަމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހާމަކުރި ގޮތުގައި ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ. އެ ކޮމިޓީން ވަނީ ބާކީތިބި 8 މެންބަރުންނާ މިއަދު އިންޓަރވިއުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލުމުން، ޖުމްލަ 10 މީހަކު ކުރިމަތިލިއެވެ. އޭގެ ތެރޭގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނު ވުޖޫދުވުމުގެ ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭފުޅުންވެސް ހިމެނެއެވެ.
އިންޓަވިއު މަރުހަލާ ކުރިއަށް ގެންދިޔަ 8 މީހުންނަކީ:
° ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
° މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
° ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
° އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
° އިބްރާހިމް މުހައްމަދު، ގ. ވިންޑް
° މޫސާ ރިލްވާން، މ. ހާވިލާ
° ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
° މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ



