ހިޔާ ފްލެޓުތަކުން މިރޭ ފެނުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުސްސީ)އިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ ހުޅުމާލެ ހިޔާ ފްލެޓްތަކުގެ މީޓަރު ރޫމްގައި މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ބައެއް ފްލެޓްތަކުން މިރޭ ފެނުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ފެނުގެ ޚިދުމަތް މެދުކެނޑޭނީ ހިޔާ ފްލެޓް 1އިން 16އަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ހިދުމަތް މެދުކެނޑާލަން ހަމަޖެހިފައި ވަނީ މިރޭ 12 އިން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުސްސީން ވަނީ މާފަށް އެދިފައެވެ.




