ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކުގައި ކުރިއަށްގެންދިޔަ އިމާމުންނާއި، ޒުވާން ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 42 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
”އިމާމުންނާއި، ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މި ޕްރޮގްރާމަކީ، ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިންމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ 3 ބުރު ނިމުނުއިރު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 503އަށް އަރާފައެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ވަރަށް އިސްކަމެއް ދީގެން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތެކެވެ.



