ލ. މާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ލ. މާމެންދޫގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެ ރަސްމިއްޔާތުގައި މާމެންދޫގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
މާމެންދޫގައި މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ރަށުގެ ސިއްޙީ މަރުކަޒުގެ އިތުރުން އަލަށް ޚިދުމަތްފެށި ލެބޯޓްރީވެސް ބައްލަވާލައްވާފައެވެ.




