ލ. ގަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ތަރައްގީކުރާ ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ ސެންޓަރުގެ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމަށް މިއަދު ވަޑައިގެންނެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އެވެ. އަދި އަރިހުގައި ލ. ގަމު ދާއިރާގެ މަޖިލިސް މެންބަރު ޔޫސުފް ނަޝީދު، އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ލ. ގަމު ކައުންސިލުގެ ރައީސް އަޙްމަދު ޒަކީ ވެސް ބައިވެރިވެވަޑައިގަތެވެ




