އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އިތުރު އައު 2 ޖެނެރޭޓަރު ގެންގޮސްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަމިންސް ބްރޭންޑްގެ 1.8 މެގަވޮޓްގެ އެ ދެ ޖެނެރޭޓަރު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައި ކަމަށާއި އެ ޖެނެރޭޓަރުތައް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް މިހާތު ކުރަމުންދާ ކަމަށެވެ.
ފެނަކައިން ބުނީ މި ޖެނެރޭޓަރުތަކާއެކު 1.6 މެގަވޮޓްގެ އިތުރު އައު ޖެނެރޭޓަރެއްވެސް އައްޑޫއަށް ގެންދެވޭނެ ކަމަށެވެ.
އައްޑޫއަށް މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެންސެޓެއް އެ ސިޓީއަށް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި ފެނަކައިން ބުންޏެވެ.
މީގެއިތުރުން އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމުގައި ފެނަކައިން ބުންޏެވެ.



