ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 11ގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ.
މި ހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެއްޗެއް ގޮވައިގެން އަލިފާންގަނޑު އިތުރަށް ބޮަޑުވާ މަންޒަރުވެސް ފެނެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އޭސީ އައުޓްޑޯގައި ރޯވެގެންނެވެ.

އެމްއެންޑީއެފް އިން ބުނިގޮތުގައި މިހާރު އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. އިތުރު މައުލޫމާތު ކުޑައިރުކޮޅެއްގެ ތެރޭގައި ހިއްސާ ކުރާނެ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.



